Sunday, June 6, 2010

ޅެމުގެ ޖުމްލަ މާނަ ލިޔުން

ބަހުގެ ޢަދަބު ބެހިގެންވަނީ ދެބަޔަކަށް ބެހިފައެވެ. އެއީ " ނަޒުމު" އަދި "ނަޞްރު" އެވެ
ނަޒުމު= ޅެން
ނަޞްރު = ޅެން ނޫން އެހެން ތަކެތި
ޅެމުގެ ޖުމްލަ މާނަލިޔުމަކީ ކޮބާ؟ ޅެމަކުން ނަޒުމުގެ ސިފަ ފިލުވާލައި ނަޞްރެއްގެ ގޮތުގައި ބަޔާންކޮށްދީ އެޅެމުގައިބުނާ ވާހަކަ ތައް ލިޔުމެވެ
ޛުމްލަ މާނަ ލިޔުމުގެ ކުރީގައި ވިސްނަންވީ ކަންތައްތައް
1. ބައިތުގައި ބުނާއެއްޗެއް ރަނގަޅަށް ދޭހަވުން
2. އާދައިގެ ޖުމްލައެއްގެ ގޮތުގައި އެބައިތެއް އެކުލަވައިލުން
އެންމެ ފަސޭހައިން ދޭހަވާނެ ތަރުތީބަކުން ލަފުޒުތަކާއި ޢިބާރާތްތައް އަތުރާލުން
މިސާލު: 1.ހިތާމަޔަކީ، ވިދާ އަލި މޫނު ހާސް ދެފުށުން ދެގޮތްލާތީ
މި ތާޒާ ފަރި މަލުން ފިނިފެން ތަފާތުއެތައް ވަހެއްދޭތީ
2. ހިތާމަޔަކީ، ވިދާއަލި މޫނު ދެފުށުން ހާސް ދެގޮތް ވާތީ ތާޒާވި ފަރި ފިނިފެންމަލުން ތަފާތު އެތައް ވަހެއްދޭތީ
3. ހިތާމަޔަކީ ވިދާއަލި މޫނުތައް (މޫނު އަލި މީހުންތައް) ދެފުށުން ހާސް (އެއްހާސް ފަހަރަށް) ދެގޮތްވާތީ (އެވެ.) (އަދި) ތާޒާވި ފިނިފެން މަލުން (ވެސް) ތަފާތު އެތައް ވަހެއް ދޭތީ (އެވެ.) ޝުކުރިއްޔާ